ޚަބަރު

ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު އަންނަ މަހު 15ގައި ހުޅުވާލަނީ

30 ޑިސެންބަރު 2025 - 08:06
ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު އަންނަ މަހު 15ގައި ހުޅުވާލަނީ

މި ސަރުކާރުން ބޯހިޔާވަހިކަމަށް ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ ޖެނުއަރީގައި ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ރޭ ބުނެފިއެވެ. 

"އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ފުލެޓާއި ގޯތި ދޭނެ ގޮތުގެ އުސޫލު އާދިއްތަ ދުވަހުގެ ރޭ ދަންވަރު ވަނީ ބައެއް ބަދަލުތަކާއެކު އާންމުކޮށްފައެވެ. 

ހައުސިން މިނިސްޓްރީން ރޭ ނެރުނު އިއުލާނެއްގައި ބުނީ މި އުސޫލުގައިވާ ގޮތަށް ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އޭޕްރީލް 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. 

އެ އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. 

އެ އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 7900 ފުލެޓާއި 1250 އަކަފޫޓުގެ 15,000 ގޯއްޗެވެ. ދެ ކެޓަގަރީއަކަށް ގޯތި ދޫކުރާއިރު މާލޭ މީހުންނަށް މާލެ ސަރަހައްދުން ގޯތި ދޫކުރާއިރު މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުންނަށް ގޯތި ދެނީ ރަސްމާލެއިންނެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0