ޚަބަރު

ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ޖެނުއަރީ 20 އަށް ނިންމާނަން: މުއްތަލިބު

28 ޑިސެންބަރު 2025 - 14:44
ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ޖެނުއަރީ 20 އަށް ނިންމާނަން: މުއްތަލިބު

ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީމަހުގެ 20 ވަނަ ދުވަހަށް ނިންމާނެ ކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ މުއްތަލިބު ވިދާޅުވީ ތިންވަނަ ފިޔަވަހީގައި ހިއްކަން ޖެހޭ 63 ހެކްޓަރުގެ ތެރެއިން 47 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިމިފައިވާ ކަމަށާއި، އަންނަ މަހުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބިން ހިއްކައި ނިމުމުން ލަސްނުކޮށް ގޯތިދިނުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

ހުޅުމާލޭގެ ތިން ވަނަ ފިޔަވަހި ހިއްކަން ފަށާފައިވަނީ 2023 ވަނަ އަހަރުުގެ ފަހުކޮޅުއެވެ. މި މަސައްކަތް އެކި މައްސަލަތައް ދިމާވެ ނުހިނގާ އޮތުމަށްފަހު ސަރުކާރުން ވަނީ ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް އަލުން ބާރު ސްޕީޑުގައި ފަށާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0