ޚަބަރު

ދައުލަތުން އެދިގެން ޝަމްއާން ބަންދުން ދޫކޮށްލައިފި

25 ޑިސެންބަރު 2025 - 16:01
ދައުލަތުން އެދިގެން ޝަމްއާން ބަންދުން ދޫކޮށްލައިފި

ދައުލަތުން އެދިގެން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ބަންދުން ދޫކޮށްލައިފިއެވެ. 

އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ ބިދޭސީ މީހާގެ އަތުން ފަސް ލައްކަ ރުފިޔާ އަތުލައި، އޭނާ ދޫކޮށްލި ކަމަށް ތުހުމަތުކޮށް ޝަމްއާން މަގާމުން ވަކިކޮށް، ހައްޔަރުކުރީ މިދިޔަ މާޗް މަހުގައެވެ. 

އޭނާގެ މަައްޗަށް ދައުލަތުން ކުރަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން ފޭރުމުގެ ދައުވާއެވެ. 

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ޝަމްއާން ދޫކޮށްލަން ދައުލަތުން އެދުނީ މައްސަލަތަކުގެ ހެކިބަސް ނަގައި ނިމިފައިވާތީ ކަމަށެވެ. ދައުލަތުން އެގޮތަށް އެދުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލައިފައެވެ. 

ޝަމްއާން ބަންދުން ދޫކޮށްލާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެގޮތަށް އަންގަވައިގެން ކަމަށް "ވިރާސީ" އަށް ވަނީ އެނގިފައެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0