އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ އަވަސްކޮށްފި
އަންނަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައި ބޭއްްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީތައް އެ ޕާޓީން އަވަސްކޮށްފިއެވެ.
ކުރިން ޖެނުއަރީ 30 ވަނަ ދުވަހު ބާއްވަން އޮތް ޕްރައިމަރީތައް އޮންނާނީ ޖެނުއަރީމަހުގެ 16 ވަނަ ދުވަހުއެވެ.
އެމްޑީޕީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކުރިން ނެރެފައިވާ ޕްރައިމަރީ ޓައިމްލައިން ބާތިލުކޮށްފައިވާ ކަމަށާއި ޓައިމްލައިން އަލުން އިއުލާންކުރާނެ ކަމަށެވެ. އަދި ޓައިމްލައިން އިއުލާންކުރާނީ އިލެކްޝަންސް ކޮމިޝަނުން ނެރޭ ރިޕޯޓު ޝާއިޢު ކުރުމުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އިލެކްޝަނުން އެންމެ ފަހުން ކުރި އިޢުލާނުގައި ބުނި ގޮތުގައި އިލެކްޝަނުގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލާނީ ޖެނުއަރީ 17 ވަނަ ދުވަހުއެވެ.






ރިއެކްޓް