ޚަބަރު

ހިޔާ ފްލެޓްތަކުގެ ހުރިހާ ޖޫރިމަނާއެއް މާފުކޮށްދީފި

21 ޑިސެންބަރު 2025 - 09:46
ހިޔާ ފްލެޓްތަކުގެ ހުރިހާ ޖޫރިމަނާއެއް މާފުކޮށްދީފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުގެ އެޕާޓްމަންޓުތަކަށް ކުލި ނުދައްކައިގެން އަރާފައިވާ ހުރިހާ ޖޫރިމަނާއެއް އެޗްޑީސީން މާފުކޮށްދީފިއެވެ.

ކުއްޔާއި ޖޫރިުމަނާގެ ގޮތުގައި އެންމެ ބޮޑު އަދަދުތަކުން އެޗްޑީސީއަށް ފައިސާ ލިބެންޖެހޭ ހިޔާ ފްލެޓްތަކުގެ ޖޫރިމަނާތައް ސަރުކާރުން އަންގައިގެން އެޗްޑީސީން މާފުކޮށްފައިވާކަން "ވިރާސީ" އަށް ވަނީ ކަށަވަރުވެފައެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މާފުކުރި ޖުމްލަ އަދަދު 1.2 މިލިއަން ރުފިޔާއަށް އަރައެވެ.

ހިޔާ ފްލެޓްގެ ކޮންމެ އެޕާޓްމަންޓަކުން އެޗްޑީސީއަށް މަހަކު 4،984ރ. ދައްކަން ޖެހޭއިރު މިފަހަރު މާފުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީމަހުން ފެށިގެން އަރާފައި ހުރިު ޖޫރިމަނާތަކެވެ.

މި ނިންމުން ނިންމައި ޖޫރިމަނާތައް މާފުކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާއި ރައީސް މުޢިއްޒު ބައްދަލުކުރެއްވުމުން އެ ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ފަރާތްތައް އެކަމަށް އެދުމުން ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0