ރައީސް މުއިއްޒު ވިޔަފާރިވެރިންނާ ބައްދަލުކުރައްވަނީ
މި ހަފްތާ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިޔަފާރިވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި ހިޔާލާއި މަޝްވަރާ ހޯއްދަވައި ރައްޔިތުން ކަންބޮޑުވާ ކަންކަން އަޑުއެއްސެވުމަށް ރައީސް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މި ބައްދަލުވުން އޮންނާނީ ބުދަ ދުވަހުގެ ރޭ ކަމަށެވެ.
ސޯޝަލް ސެންޓަރުގައި ބާއްވަން ނިންމާފައިވާ ބައްދަލުވުމަށް ދިވެހި ހުރިހާ ވިޔަފާރިވެރިންނަށް ވަނީ ދައުވަތު އަރުވައިފައެވެ.
ވިޔަފާރިވެރިންނާ ބައްދަލުކުރަން ނިންމާފައިވާއިރު, މުއިއްޒު ގެންދަވަނީ މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ވެސް ވަކިވަކިން ބައްދަލުކުރައްވަމުންނެވެ.






ރިއެކްޓް