ޚަބަރު

ތައިލޭންޑާއި އިންޑިއާގައި އުފައްދާ ތިން ބޭހަކާމެދު ސަމާލުވުމަށް އެމްއެފްޑީއޭ އިން އިލްތިމާސްކޮށްފި

14 ޑިސެންބަރު 2025 - 08:53
ތައިލޭންޑާއި އިންޑިއާގައި އުފައްދާ ތިން ބޭހަކާމެދު ސަމާލުވުމަށް އެމްއެފްޑީއޭ އިން އިލްތިމާސްކޮށްފި

ތައިލެންޑާއި އިންޑިއާގައި އުފައްދާ 3 ބޭހަކާއި މެދު ސަމާލުވުމަށް މޯލްޑިވްްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.

މިއަދު އެ އޮތޯރިޓިން ނެރުނު އިޢުލާނެއްގައި ބުނީ ތައިލެންޑުގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީ އިން ކުރި ތަހުލީލުތަކުން 3 ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް ކަމަށްވާ "އެންޑީއެމްއޭ" ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރަށް ހުރިކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އެކަން ސައުތް އީސްޓް އޭޝިއާ ރީޖަން ނެޓްވޯކް އިން އެމްއެފްޑީއޭ އަށް އަންގާފައިވާ ކަމަށެވެ.

މި 3 ބޭހުގެ ތެރޭގައި ޑައިބެޓީސް އަށް ފަރުވާދޭ ބޭހެއް ކަމަށްވާ މެޓްފޯމިން (ބްރޭންޑް: Deson PR 750) އާއި ވިޓަމިން އޭ ބޭސްގުޅަތަކެއް ހިމެނެއެވެ.

އެމްއެފްޑީއޭ އިން މަޢުލޫމާތު ދެއްވާ ގޮތުގައި މި ބޭސްތައް މިހާތަނަށް ރާއްޖެއަށް އެތެރެކޮށްފައެއް ނުވެއެވެ. ނަމަވެސް ތައިލެންޑަކީ ދިވެހިން ގިނަ އަދަދަކަށް ބޭސްފަރުވާ އަށް ދާ އަދި ބޭސް ގެންނަ ގައުމަކަށް ވުމުން އެ ބްރޭންޑުގެ ބޭސްތަކާއި ސަމާލުވުމަށް އެ އޮތޯރިޓީން އެދެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0