ޚަބަރު

މާލޭގައި ހިންގަމުންދިޔަ ހަތަރު މަސާޖުޕާލާ ބަންދުކޮށްފި

11 ޑިސެންބަރު 2025 - 19:59
މާލޭގައި ހިންގަމުންދިޔަ ހަތަރު މަސާޖުޕާލާ ބަންދުކޮށްފި
ފޮޓޯ: އިމިގްރޭޝަން

މާލޭގައި ހިންގަމުންދިޔަ 4 މަސާޖު ޕާލާ ބަންދުކޮށްފި ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައިފާސްކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި އިއްޔެ ވަނީ މާލޭގައި ހިންގަމުންދިޔަ ހަތަރު މަސާޖު ޕާލަރެއް ބަލައިފާސްކޮށްފައެވެ.

އަދި ގަވާއިދާ ޚިލާފަށް އުޅެމުންދިއަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މި ހަތަރު ތަނުގައި ހިންގަމުންދިއަ ވިޔަފާރި ވަގުތުން ހުއްޓުވުމުގެ ފިޔަވަޅުތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން އަޅާފައިވާކަމަށްވެސް އިމިގްރޭޝަނުން މަޢުލޫމާތު ދެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0