ޑރ. ޝަމްހީދުގެ ކޮއްކޮއެއް މޯލްޑިވްސް ޕޯސްޓުގެ ބޯޑަށް
މޯލްޑިވްސް ޕޯސްޓު ލިމިޓެޑުގެ ބޯޑަށް ހުޅުމާޅޭ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ޑރ. ޝަމްހީދުގެ ދެބެންގެ ދެދަރި ކޮއްކޮއެއް ކަމަށްވާ ޝަހީދު އިބްރާހިމް އައްޔަންކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ "މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް، ގއ. ދެއްވަދޫ، ނަސްރީނުވިލާ އަލްފާޟިލް ޝަހީދު އިބްރާހިމް ވަނީ އައްޔަނުކޮށްފަ" މިފަދައިންނެވެ.
ޝަހީދުއަކީ ޑރ. ޝަހީދުގެ އިތުރުން ރައީސް މުޢިއްޒުގެ ސަރުކާރާއި އަޑި ނޭނގޭ ގާތް ގުޅުންތަކެއް އޮންނަ ވިޔަފާރިވެރިޔާ އެސްޖޭ ޝިހާދުގެ ވެސް އާއިލީ ބޭފުޅެކެވެ.
ޝަހީދު ވަނީ މީގެ ކުރިން ވެމްކޯގެ ޑީއެމްޑީ ކަން ކުރައްވާފައެވެ. ޝަހީދު ވެމްކޯގެ ޑީއެމްޑީ ކަމުގެ މަގާމުން ވަކިކުރެއްވީ 2024 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.
ޝަހީޑުއަކީ ޕީއެންސީގެ ސެނެޓު މެންބަރުކަންވެސް ކުރައްވާފައިވާ, ރައީސް މުޢިއްޒުގެ ސަރުކާރާއި ގާތް ބޭފުޅެކެވެ.






ރިއެކްޓް