ޚަބަރު

ޑުރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ބިލު ތަަސްދީގު ކޮށްފި

6 ޑިސެންބަރު 2025 - 14:38
ޑުރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ބިލު ތަަސްދީގު ކޮށްފި

ރާއްޖެއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާހު ގެނައި ބިލު މިއަދު ރައީސް މުޢިއްޒު ތަސްދީގުރައްވައިފިއެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭނީ ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވާ ހާލަތުގައި ކަމަށް ވެސް ބިލުގައިވެއެވެ. 

އެމީހަކު އެތެރެކުރި މަސްތުވާކެތީގެ ބާވަތަށް ބަލައި ވަކި ބަރުދަނެއް ހަމަވާ ނަމަ އަދި އެ މީހަކު ދިވެހިރާއްޖެ އަށް އެތެރެކުރި މަސްތުވާއެއްޗަކ،ީ އެ މީހަކު އެތެރެވިއިރު އެތެރެކުރި އެއްޗަކަށްވާ ނަމަ މަރުގެ އަދަބު ކަނޑައެޅޭނެއެވެ.

މަރުގެ އަދަބު ކަނޑައެޅޭ ޓްރެފިކިން އަދަދުތަކުގެ ތެރޭގައި ހިމެނެނީ 350 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ކެނެބިސް, 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިންގެ އިތުރުން މީގެ ތެރޭގައި ނުހިމެނޭ ޖަދުވަލު 1 ގައި ހިމެނޭ މަސްތުވާކެއްޗެއް ނަމަ 100 ގްރާމަށްވުރެ އިތުރު އަދަދެކެވެ. 

މިފަދަ މައްސަލައެއްގައި އަދަބު މީހެއްގެ މައްޗަށް ކަނޑައެޅިއްޖެ ނަމަ އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލާގައި ކަން ހިނގާފައިވާ ގޮތް މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަން ޖެހޭނެއެވެ. 

މީގެ އިތުރުން ބިލުގައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި އުމުރަށް ޖަލަށް ލެވޭ މުއްދަތަކީ ޕެރޯލްގެ ދަށުން ދޫނުކުރެވޭ ގޮތަށް އަދި މާފު ނުދެވޭ ގޮތަށް އެ މީހަކު އުމުރު ދުވަހަށް ޖަލަށް ލުން ކަމަށެވެ. މީގެ ކުރިން އިންނަ މުއްދަތަކީ 25 އަހަރު ދުވަހެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0