މެންބަރުންގެ އަދަދު މަދުވެ ފައިސާ ލިބޭ ލިސްޓުން އަދާލަތު ޕާޓީ އުނިވެއްޖެ
ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުން ފައިސާ ދޭ ލިސްޓުން އަދާލަތު ޕާޓީ އުނިވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކުރި ގޮތުގައި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ލިސްޓުގައި ހިމެނެނީ 4 ސިޔާސީ ޕާޓީއެވެ. އެއީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އާއި އިދިކޮޅު އެމްޑީޕީ އާއި މަހުޖަނު ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީގެ އިތުރުން މަހުޖަނު ޝިޔާމުގެ އެމްޑީއޭ އެވެ.
އަދާލަތު ޕާޓީ މި ލިސްޓުން އުނި ވެފައިވަނީ އެ ޕާޓީގައި ފައިސާ ލިބުމަށް ޝަރުތު ހަމަވާ ވަރަށް މެންބަރުން ހަމަ ނުވުމުންނެވެ.
އަދާލަތު ޕާޓީއަށް މި އަހަރު ދައުލަތުން ފައިސާ ލިބުނެވެ. މިއަހަރުގެ ބަޖެޓުން އަދާލަތު ޕާޓީއަށް 1.7 މިލިއަން ރުފިޔާ ލިބުނު އިރު އަދާލަތު ޕާޓީން އެއްވެސް ވަރަކަށް ސިޔާސީ ހަރަކާތް ހިންގާފައި ނުވާކަން ފާހަގަކުރެވެއެވެ.






ރިއެކްޓް