މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ.މާމެންދޫ / ޓިވެގާލައިޓް ، ނާޝިދު އިބްރާހީމް (53އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާލެއިން ދާ ބޯޓަކުން މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރާކަމަށް މާމެންދޫ ޕޮލިހަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ އާއި ދަތުރުކުރި ބޯޓު ބަލައިފާސްކުރިއިރު، ބޯޓުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ 50 ގުރާމުގެ ތަކެތި ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 8 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.






ރިއެކްޓް