ޚަބަރު

ފީފާގެ ބަހެއް ނެތަސް ބައްސާމުގެ މައްސަލަ ބެލޭނެ: ޝަމީމް

4 ޑިސެންބަރު 2025 - 14:19
ފީފާގެ ބަހެއް ނެތަސް ބައްސާމުގެ މައްސަލަ ބެލޭނެ: ޝަމީމް

ޚިޔާނާތުގެ މައްސަލައެއް ބެލުމުގައި ފީފާގެ ބަހެއް ބޭނުން ނުވާނެ ކަމަށާއި ބައްސާމްގެ މައްސަލައިގައި ފީފާގެ ބަހެއް ބޭނުން ނުވާނެ ކަމަށް ވިދާޅުވެ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް, އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ފާޑުކިޔައިފިއެވެ.

ޝަމީމުގެ އަމިއްލަ ބްލޮގުގައި ހިއްސާކުރިު ލިޔުމެއްގައި ޝަމީމް ވިދާޅުވީ އެފްއޭއެމްގައި ހުންނާނީ ދިވެހީންގެ ފައިސާ ކަމަށާއި އެ ފައިސާއަށް ހިޔާނާތްތެރިވާ މައްސަލައެއް ރާއްޖޭގައި ބަލަން ފީފާގެ ހުއްދަ ބޭނުން ނުވާނެ ކަމަށެވެ.

ބައްސާމްގެ މައްޗަށް ސާބިތުވެފައިވާ ޚިޔާނާތުގެ ދަޢުވާ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އެފްއޭއެމްގެ މައްސަލަ ފީފާގެ ހުއްދަނެތި ނުބެލޭނެ ކަމަށް ބުނެއެވެ. މިއީ ދަށު ކޯޓުގައިވެސް ބައްސާމް ބޭނުންކުރި ދިފާޢެކެވެ.

ޝަމީމުގެ ލިޔުމުގައި ވަނީ ބައްސާމުގެ މައްސަލައާއި ގުޅޭ ގޮތުންނާއި ފީފާ އަދި އެފްއޭއެމް އާއި ގުޅޭ ގޮތުން އޭނާގެ ޚިޔާލު ފާޅުކުރައްވާފައެވެ. މިގޮތުން ފީފާއިން އެފްއޭއެމް އަށް ދޭ ފައިސާއަކީ ހަގީގަތުގައި ދިވެހި ރައްޔިތުންނަށް ދޭ ފައިސާ ކަމަށް ދެކިލައްވާކަމަށް ޝަމީމް ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0