ޚަބަރު

އަލިފާނުގެ ހާދިސާގެ ސަބަބުން ދިމާވި މައްސަލަ ހައްލުކޮށް ގަމަށް ކަރަންޓު ދީފި

4 ޑިސެންބަރު 2025 - 02:35
އަލިފާނުގެ ހާދިސާގެ ސަބަބުން ދިމާވި މައްސަލަ ހައްލުކޮށް ގަމަށް ކަރަންޓު ދީފި

އިއްޔެ ލ. ގަމު ތުނޑީ އަވަށުގެ ފެނަކަ އިންޖީނުގޭގައި އަލިފާން ރޯވެ އިންޖީނުގެއަށާއި އިންޖީނުތަކަށް ލިބުނު ގެއްލުމުގެ ސަބަބުން ގަމުން ކެނޑުނު ކަރަންޓު އަލުން އިއާދަކޮށްފިއެވެ.

އިއްޔެ މެންދުރުފަހު ހިނގި މި އަލިފާނުގެ ހާދިސާގައި އެ އިންޖީނުގޭގައި ބޭނުންކުރާ 5 އިންޖީނުގެ ތެރެއިން 1 އިންޖީނު ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. އަދި ބައެއް ޕެނަލްތަކަށްވެސް އަލިފާނުގެ އަސަރުކޮށް ކަރަންޓު ނުދެވޭ ވަރަށް ގެއްލުން ލިބުނެވެ.

މިހާދިސާގެ ސަބަބުން ގަމުން ކެނޑުނު ކަރަންޓު އިއާދަކުރެވުނީ ރޭ ދަންވަރު ވާން ގާތްވެފައި ހުއްޓައެވެ.

މި ހާދިސާގައި އިންޖީނުތަކަށާއި ޕެނަލްބޯޑުތަކަށް ލިބުނު ގެއްލުން ދެނެގަތުމަށް މަސައްކަތް ކުރަމުންދާކަމަށް ފެނަކައިން ވަނީ ބުނެފައެވެ. މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ސަބަބެއް އަދި މިހާތަނަށް ފެނަކައިން ހާމަކޮށްފައެއް ނުވެއެވެ.

އިއްޔެ ގަމުން ކަރަންޓު ކެނޑިފައި ހޭދަވީ ވަގުތުގައި އެރަށުގެ ރައްޔިތުންގެ ފޯނުފަދަ ޒަރޫރީ އާލާތްތައް ޗާޖުކުރުވޭނެ ގޮތް އޫރިދޫއިނން އިންތިޒާމުކުރިކަން ފާހަގަ ކުރެވެއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0