މުުހިއްމީ ޕާޓީގެ މަސްލަހަތު، ސީޕީކަމަށް އިބޫގެ ކެނޑިޑޭޓަށް ތާއީދު: ފަޔ
އެންމެ މުހިއްމީ ޕާޓިގެ މަސްލަހަތު ކަމަށާއި އެ މަސްލަހަތު ހިފެހެއްޓުމަށް އެމްޑީޕީގެ ވަުތީ ޗެއާޕާސަންގެ މަޤާމަށް ރައީސް އިބޫގެ ފެކްޝަނުން ހުށަހަޅާފައި މެންބަރު އަބްދުލްޣަފޫރަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އަބްދުލްޣަފޫރަށް ތާއީދުކުރާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ރސްމީ ވަޓްސްއެޕް ގްރޫޕަށް ފައްޔާޒް ކުރެއްވި މެސެޖަކާއި ގުޅިގެން "ވިރާސީ" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފައްޔާޒް ވިދާޅުވީ އެމަނިކުފާނަށް އެންމެ މުހިއްމީ ޕާޓީގެ އެތެރޭގެ މަސްލަހަތު ކަމަށެވެ.
ވަޓްސްއެޕް ގްރޫޕަށް ފަޔާ ކުރެއްވި މެސެޖުގައި ވިދާޅުވީ ސީޕީ ކަމަށް މިހާރު ހުށަހަޅާފައިވާ ހަމައެކަނި ނަމަކީ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެންބަރު، ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލްގަފޫރު މޫސާ ކަމަށާއި އެ ނަމަށް ތާއީދު ކުރައްވާ ކަމަށެވެ.
އެންމެ ފަހުން ބޭއްވުނު ގައުމީ މަޖިލީހުގެ ޖަލްސާގައި ފައްޔާޒް ތާއީދު ކުރެއްވީ ދިއްދޫ ދާއިރާގެ ރައީސް އަބްދުالله ވަހީދު ސީޕީގެ މަޤާމަށް އައްޔަން ކުރުމަށެވެ. ނަމަވެސް އެ ޖަލްސާގައި ނެގުނު ވޯޓުން "ދިއްދޫ ވައްޑެ" ހޮވުުމުން އިބޫ ފެކްޝަނުން އެ ޖަލްސާ ގަޑުބަޑުކޮށް އެގޮތަށް ނިންމުމަށް އެއްބާރުލުމެއް ނުދިނެވެ.






ރިއެކްޓް