ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މިއަހަރަށް ނިންމާލައިފި

3 ޑިސެންބަރު 2025 - 17:42
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މިއަހަރަށް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ މަސައްކަތްތައް ނިންމާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިކަން އިޢުލާން ކުރައްވަމުން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ނިންމާލައި 2 މަހުގެ ޗުއްޓީއަކަށް ދަނީ ކަމަށެވެ.

ޤާނޫނުގައި ބުނާ ގޮތުން ކޮންމެ އަހަރަކުވެސް މަޖިލީހުގެ މަސައްކަތްތައް ކުރާނީ ދައުރުތަކަކަށް ބަހާލައިގެންނެވެ. ޢާއްމުގޮތެއްގައި މަޖިލީހުގެ މަސައްކަތްތައް ބަހާލާފައިވަނީ 3 ދައުރަކަށެވެ. ތިން ވަނަ ދައުރު ނިމޭނީ ކޮންމެ އަހަރަކުވެސް ނޮވެންބަރަށެވެ. 

މިއަހަރުގެ މަޖިލީހުގެ ތިން ދައުރުވެސް އިތުރަށް ދަންމާލާފައިވެއެވެ. އަދި ދައުރުން ބޭރުގައި ޖަލްސާތައް ބާއްވައި ރައްޔިތުންނާއި ގުޅުންހުރި ބިލްތަކެއް ފާސްކޮށްފައިވެއެވެ. 

މިއަދު ޖަލްސާގައި އަބްދުއްރަހީމް ވަނީ މަޖިލީހުން މިއަހަރުގެ ފަހު ދައުރުގައި ކޮށްފައިވާ މަސައްކަތްތައް ފާހަގަ ކުރައްވާފައެވެ. އެގޮތުން 28 ޖަލްސާ ބޭއްވުނު ކަމަށާއި 15 ބިލެއް ފާސްކުރެވުނު ކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. އަދި 140 ކޮމިޓީ ބައްދަލުވުން ބޭއްވުނު ކަމަށާއި 29 ސުވާލެއް ވަޒީރުންނާއި ކުރެވުނުކަން ފާހަގަކޮށް މެންބަރުންގެ މަސައްކަތަށް އަބްދުއްރަހީމް ޝުކުރު އަދާކުރެއްވިއެވެ.

މިހާރުގެ މަޖިލީހަކީ ފެހި ޤާނޫނު އަސާސީ ވުޖޫދު ވުމަށްފަހު އެންމެ ބޮޑަށް މިނިވަންކަން ގެއްލިފައިވާ މަޖިލިސް ކަމަށް ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ބުނަމުންނެވެ. އެގޮތުން މަޖިލީހަށް ރައީސް މުޢިއްޒު ނުފޫޒު ފޯރުވާ ކަމަށާއި މަޖިލީހުގެ މަސައްކަތްތައް ބައްޓަން ކުރައްވަނީ ސީދާ ރައީސް މުޢިއްޒުގެ އިރުޝާދުގެ ދަށުން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. 

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ރިޔާސީ ބަޔާން ހުށަހަޅުއްވާނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0