ނިދާ ކޮޓަރީގައި ކުރުނބާ ފަނި ގިރައިގެން ވިއްކާ ބިދޭސީންތަކެއް އަތުލައިގެންފި
ދިރިއުޅެމުން ދިޔަ ބިދޭސީންގެ ކޮޓަރިތެރޭގައި ކުރުނބާ ފެން ފުޅިކޮށްގެން ވިއްކަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ބުނީ، ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ބިދޭސީން ދިރިއުޅެމުންދާ ތަނެއް ބަލައިފާސްކޮށް، ބަންގްލަދޭޝް 2 ފިރިހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މިތަން ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ކުރުނބާ، އަދި ހުސްފުޅިތަކެއް ފެނިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. މިތަނަކީ ކުރުނބާ އަދި ކުރުނބާ ފަނި ފުޅި ތައްޔާރުކޮށް ފިހާރަތަކަށް ޑެލިވަރީ ކުރުމުގެ މަސައްކަތްކުރަމުންދާ ތަނެއްކަން ވަނީ ފާހަގަކުރެވޭ ކަމަށް ވެސް ބުނެފައިވެއެވެ.
އިމިގްރޭޝަނުން އާންމުކުރި ފޮޓޯތަކުން އެ މީހުންގެ އެނދުތަންދޮށުގައި ގިނަ އަދަދެއްގެ ކުރުނބާ ބަހައްޓައި، ކުރުނބާ ފެން އެޅުމަށް ބޭނުންވާ ޓައްޕުތައް ބަހައްޓަފައިވާތަން ފެނެއެވެ.
މީގެ ކުރިން ސާފުތާރިހުރކަން ނެތި ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގެންފައިވެއެވެ.






ރިއެކްޓް