ޚަބަރު

ޕީއެސްއެމްއިން އިސްތިއުފާ ދިން ނަސްރީން ޔޫތު މިނިސްޓްރީއަށް

2 ޑިސެންބަރު 2025 - 11:04
ޕީއެސްއެމްއިން އިސްތިއުފާ ދިން ނަސްރީން ޔޫތު މިނިސްޓްރީއަށް

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓާރު ކަމުން މި ހަފްތާގައި އިސްތިއުފާ ދެއްވި އިބްރާހިމް ނަސްރީނަށް ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދީފިއެވެ. 

ނަސްރީން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަށް އައްޔަނުކުރީ، އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ސައީދު މިދިޔަ އަހަރުގެ ޑިސެމްބަރު 19ގައި އިސްތިއުފާދެއްވުމުންނެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދިނީ މަގާމަށް އައްޔަން ކުރިތާ އަހަރެއް ވެސް ނުވަނީހެވެ. 

ޔޫތު މިނިސްޓްރީގެ ނައިބަކަށް ދިއުމަށް އޭނާ އިސްތިއުފާ ދެއްވިއިރު، އޭނާ ވަނީ އިއްޔެ އިން ފެށިގެން މިނިސްޓްރީގެ ވަޒީފާއަށް ނުކުމެވަޑައިގަންނަވަން ފައްޓަވައިފައެވެ. 

ޔޫތު މިނިސްޓްރީއަކީ ސިޔާސީ މުވައްޒަފުން ގިނަ އިދާރާއެކެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު އަޕްޑޭޓު ނުކުރާތާ ގިނަ ދުވަސްތަކެެއް ވެފައިވާއިރު، ނަސްރީން ހިމަނައިގެން ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު ވެސް ފަހަކަށް ވުރެ ގިނަ ވާނެ ކަމަށް ބެލެވެއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0