ޚަބަރު

ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލަން ފާސްކޮށްފި

1 ޑިސެންބަރު 2025 - 13:29
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލަން ފާސްކޮށްފި

ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ހަރަދަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކަށް ކަނޑައަޅާފައިވާ އިނާޔަތް އުނިކޮށް، ކުރީގެ ނައިބު ރައީސުންނަށް އިނާޔަތް ދޭ ގޮތަށް ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. 

 ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނަށް މި ބަދަލު ގެނައުމަށް ހުށަހެޅީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. 

ބިލުގައި އެންމެ ބޮޑު ބަދަލަކަށް އޮތީ މުޖުތަމައަށް ފައިދާހުރި އިޖުތިމާއީ މަސައްކަތެއް ކުރެއްވުމަށްޓަކައި ބޭނުންފުޅުވެއްޖެ ހާލަތެއްގައި މަސައްކަތް ކުރައްވާނެ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންކަން ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 175،000ރ. އާ ހަމައަށް ދައުލަތުން ދޭ ފައިސާ އެއްކޮށް އުވާލުމަށެވެ.

ކުރީގެ ރައީސަކު ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވާ ނަމަވެސް ހިމާޔަތާއި ރައްކާތެރިކަން ދިނުން ލާޒިމް ނޫން ކަމަށާއި އެކަން ފޯރުކޮށްދޭން ޖެހޭނީ ރާއްޖެ އައުމުން ކަމަށް ވެސް ބިލުގައިވެއެވެ. 

ބިލުގައިވާ ގޮތުން ކުރީގެ ނައިބު ރައީސުންނަށް ވެސް ރައްކާތެރިކަމާއި އިނާޔަތުގެ ގޮތުގައި މަހަކު މަހަކު 25،000 ރުފިޔާ ދިނުމަށް ހުށަހަޅާފައިވެއެވެ. މިއީ ކުރިން ގާނޫނުން ނުދޭ އިނާޔަތެކެވެ. ގާނޫނުގެ ބުނާ ޝަރުތުތަކާއެކު މި އިނާޔަތް ލިބޭނެ ހަމައެކަނި ނައިބު ރައީސަކީ މިދިޔަ ވެރިކަމުގައި ނައިބު ރައީސް ކަން ކުރެއްވި ފައިސަލް ނަސީމެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0