ޚަބަރު

ސައީދުގެ ބޭރު ދަތުރުތަކަށް 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ

28 ނޮވެންބަރު 2025 - 13:50
ސައީދުގެ ބޭރު ދަތުރުތަކަށް 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ

ފާއިތުވި ދެ އަހަރުތެރޭގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުތަކަށް 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ. 

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ސައީދު ކުރެއްވި ދަތުރުތަކުގެ މައުލޫމާތު ހޯދުމަށް "ވިރާސީ"އިން އެދުމުން އެ މިނިސްޓްރީން ބުނީ ދެ އަހަރު ތެރޭގައި ސައީދު ރާއްޖެއިން ބޭރު ހަތް ގައުމަކަށް 11 ދަތުރެއްކުރައްވާފައިވާ ކަމަށެވެ. އެއީ، ތުރުކިޔޭ، ތައިލޭންޑް، ޗައިނާ، ސައުދީ އަރަބިއްޔާ، އެމެރިކާ އަދި ޔޫކޭއަށް ކުރެއްވި ދަތުރުތަކެއް ކަމަށް މިނސިްޓްރީން ބުންޏެވެ. 

މި ދަތުރުތަކުގައި މިނިސްޓްރީގެ 18 ބޭފުޅަކު ބައިވެރިވި ކަމަށާއި ޖުމްލަކޮށް ދަތުރުތަކަށް ހިނގާފައިވަނީ 2 މިލިއަން އަށް ސަތޭކަ ތިރީސް ހާސް ރުފިޔާ ކަމަށް މިނިސްޓްރީން ބުންޏެވެ. 

ވަކިވަކި ދަތުރުތަކަށް ހިނގި ހަރަދު ހޯދަން އެދުނު ނަމަވެސް، އެ މައުލޫމާތު މިނިސްޓްރީން ދީފައިނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0