ޚަބަރު

މަހުލޫފް، ޖަޕާނު ސަފީރަކަށް އައްޔަން ކުރަން މަޖިލީހަށް ފޮނުވައިފި

26 ނޮވެންބަރު 2025 - 11:33
މަހުލޫފް، ޖަޕާނު ސަފީރަކަށް އައްޔަން ކުރަން މަޖިލީހަށް ފޮނުވައިފި
މަހުލޫފް ޕީއެންސީއަށް ސޮއިކޮށްފައިވަނީ އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު ޖަލްސާގައި --

ސަރުކާރު ހިންގާ ޕީއެންސީއަށް ދާދި ފަހުން ސޮއިކުރި، ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު، ޖަޕާނުގައި ހުންނަ ސަފީރަކަށް އައްޔަން ކުރުމަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ. 

މަހުލޫފް، އެ މަގާމަށް އައްޔަން ކުރުމަށް އެދި ރުހުން ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ. 

މަހުލޫފް ޕީއެންސީއަށް ސޮއިކުރެއްވީ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު އެއްވުމުގެ ތެރެއިންނެވެ. އޭގެ ކުރިން އޭނާ ހުންނެވީ އިދިކޮޅު އެމްޑީޕީގައެވެ. އެމްޑީޕީގެ ވެރިކަމުގައި މަހުލޫފަކީ ސްޕޯޓްސް މިނިސްޓަރެވެ. 

މަހުލޫފް އެމްޑީޕީއަށް ސޮއިކުރެއްވީ 2018 ގެ ރިޔާސީ އިންތިހާބު ނިމި، ހުވާ ކުރަން ތައްޔާރުވެފައިވަނިކޮށެވެ. ރައީސް މައުމޫންގެ ޑީއާރްޕީއިން ސިޔާސީ މަސައްކަތް ފެށި މަހުލޫފް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފެއްދުމުގައި ވެސް ހަރަކާތްތެރިވިއެވެ. އެ ޕާޓީން އޭނާ ވަކިކުރީއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0