މިސްކިތްތަކަށް ގެއްލުން ދިނުން ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައަޅަނީ
މިސްކިިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ކުޑޫ މިއަދު މަޖިލީހަށް ހުށަހެޅުއްވީ ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ދަށުން، ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭ މިސްކިތްތަކަށް ގެއްލުން ދިނުން ހިމެނުމަށް، އެ މާއްދާގެ އެންމެ ފަހަތަށް އަކުރެއް އިތުރުކުރުމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ބިލު މަޖިލީހަށް ހުށަހަޅުއްވަން ނިންމެވީ ރާއްޖޭގައި މިސްކިތްތަކަށް ގެއްލުންދިނުން ތަކުރާރުވަމުން ދާތީ އެއީ މިސްކިތްތަކުގެ ކަރާމާތަށް އުނިކަން ލިބޭނެ ފަދަ އަމަލެއް ކަމަށްވާތީއާއި މިސްކިތްތަކުގެ ކަރާމާތް ހިފެހެއްޓުމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ތެރެއިންވާ ކަމަކަށްވާތީ އެވެ.
މި ފަހުން މާލެއާއި އައްޑޫގައި ވެސް މިފަދަ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ.






ރިއެކްޓް