ސިޔާސީ , ޚަބަރު

ރައީސް އިބޫއަށް މިފަހަރުވެސް ރިއެކްޓް ކުރައްވާކަށް ނުކެރުނު

24 ނޮވެންބަރު 2025 - 23:39
ރައީސް އިބޫއަށް މިފަހަރުވެސް ރިއެކްޓް ކުރައްވާކަށް ނުކެރުނު
ފޮޓޯ: ވިރާސީ

ނިމިދިޔަ ރިޔާސީ އިންތިޚާބާއި އެމްޑީޕީގެ ތެރޭގައި އޭރު އުފެދުނު ބައިބައިވުމާއި ކޯޅުމުގެ ވާހަކަތައް އަލުން އަނެއްކާވެސް ތިލަވެ އޭގެ ބަހުސް ހޫނުވެފައިވާ ދަނޑިވަޅެއްގައި އެ ވާހަކައިގެ ހަޤީޤަތް ހާމަކުރެއްވުމުގެ ބަދަލުގައި "ރިއެކްޓް ނުކުރުމަށް" ރައީސް އިބޫ ނިންމަވައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގަައި ފައްޔާޒް އިސްމާޢީލާއި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ "ދެކެވެނީ ވާހަކައިގެ އެއްބައި" ކަމަށާއި ތަފްސީލް ހާމަނުކޮށް މަޑުކުރަނީ "މަސްލަހަތަށްޓަކައި" ކަމަށެވެ.

ރައީސް އިބޫ އިޝާރާތް ކުރެއްވީ ފައްޔާޒް ދެއްކެވި ވާހަކަފުޅައް ކަމެއް ނުވަތަ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ކަމެއް ވިދާޅެއް ނުވެއެވެ. ނަމަވެސް ޕާޓީގެ މެންބަރުންނަށް ހަގީގަތް ހާމަކޮށްދިނުމުގެ ޒިންމާއިން ރެކިވަޑައިގެން އާދަކާދައިގެ މަތީން އިބޫ ނިންމެވީ "މަސްލަހަތު" ގެ ފަހަތަށް ވަދެވަޑައިގެން އެއްވެސް ތަފްސީލެއް ހާމަނުކުރުމަށެވެ.

ރައީސް އިބޫ މިފަދައިން ވިދާޅުވީ ނަމަވެސް 2023 ގައި ހިނގައިދިޔަ އަރައިރުމުގެ ސަބަބުން ލިބޭނޭ ހުރިހާ ގެއްލުމެއް އެމްޑީޕީއަށް ވަނީ ލިބިފައެވެ. އިބޫ އާއި ޚިލާފަށް ފައްޔާޒް އާއި ރައީސް ނަޝީދު ގެންދަވަނީ އޭރުގައި ކަން ހިނގައިދިޔަ ގޮތް ސާފުކޮށް ކިޔައިދެއްވަމުންނެވެ.

ރައީސް އިބޫ ލިޔުނު މި މެސެޖަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ "އެއީ ކަނޑައެޅިގެން އިތުރުފުޅެއް" ކަމަށެވެ. އަދި އިބޫގެ މެސެޖަކީ ފައްޔާޒް ހިމެނިގެން ކުރެވުނު މަޝްވަރާތަކާއި ގުޅުވައިގެން ދެއްވި ޖަވާބެއް ނަމަ އެއީ އިތުރުފުޅެއް ކަމަށެވެ. އަދި މިފަދަ ކަންކަމުގައި "އޮނާރ އެމޯންގް ތީވްސް" ގެ އުސޫލުން ކަން ކުރެއްވުން ރަނގަޅު ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 1