ޚަބަރު

10 އަހަރުގެ ކުއްޖަކަށް ގަދަކަމުން ސިނގިރޭޓު ބޯންދޭން އުޅުނު މައްސަލައެއް ބަލަނީ

23 ނޮވެންބަރު 2025 - 14:02
10 އަހަރުގެ ކުއްޖަކަށް ގަދަކަމުން ސިނގިރޭޓު ބޯންދޭން އުޅުނު މައްސަލައެއް ބަލަނީ
ފޮޓޯ: -

އުމުރުން 10 އަހަރުގެ ކުއްޖަކަށް ގަދަކަމުން ސިނގިރޭޓު ބޯންދީ، އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. 

ކުއްޖާގެ ބައްޕަ ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި އޭނާގެ ކުޑަ ފިރިހެން ދަރިއަށް ގަދަކަމުން ސިނގިރޭޓު ދޭން މަސައްކަތް ކޮށްފައިވަނީ ރޭ މަޣްރިބް ނަމާދަށް މިސްކިތަށް ދިޔަ މަގުމަތީގައެވެ. އެކަން ކޮށްފައިވަނީ ޖެންޑާގެ ބެލުމުގެ ދަށުގައި ތިބޭ 17 އަހަރުގެ ދެ ފިރިހެން ކުދިން ކަމަށް އޭނާ ތުހުމަތު ކުރެއެވެ. 

ގަދަ ކަމުން ސިނގިރޭޓު ދޭން އުޅެ އެކަން ނުކުރުމުން، އޭގެއިން ގައި ފިއްސާލާނެ ކަމުގެ ބިރު ވެސް ދައްކާފައިވާ ކަމަށް ކުއްޖާގެ ބައްޕަ ބުނެފައިވެއެވެ. މީގެ އިތުރުން ކުއްޖާގެ މައިންބަފައިން މަރާލާނެ ކަމުގެ އިންޒާރު ވެސް ދިން ކަމަށް ކުއްޖާގެ ބައްޕަ ލިޔެފައިވެއެވެ. 

ކުއްޖާގެ ބައްޕަ ބުނި ގޮތުގައި މި ހާދިސާގެ ސަބަބުން ކުޑަކުއްޖާއަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވެއެވެ. 

މިއީ އެއްވެސް ކުއްޖަކު ތަހައްމަލު ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި މި ކަން ބަލައި ހަރުކަށި ފިޔަވަޅު އަޅައިދިނުމަށް ކުއްޖާގެ ބައްޕަ އެދިފައިވެއެވެ. 

މި މައްސަލަ ބަލަމުން އަންނަ ކަމަށް  ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީއިން ވަނީ ބުނެފައެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0