ޚަބަރު , ވިޔަފާރި

ފައިސާ ޗާޕުކޮށްގެން އުފެދޭ ޕްރެޝަރު ކުޑަކުރެވިދާނެ: މުނައްވަރު

15 ނޮވެންބަރު 2025 - 19:49
ފައިސާ ޗާޕުކޮށްގެން އުފެދޭ ޕްރެޝަރު ކުޑަކުރެވިދާނެ: މުނައްވަރު
ފޮޓޯ: މަޖިލިސް

ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ފައިސާ ޗާޕުކުރުމުން މާކެޓަށް އަންނާނެ ޕްރެޝަރު ކުޑަކުރެވޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަދައްކަވަމުން މިފަދަ މޭރުމަކުން މުނައްވަރު ވާހަކަދެއްކެވީ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ސީދާ "ފައިސާ ޗާޕުކުރުން" މި ލަފުޒު ބޭނުން ނުކުރައްވައި މުނައްވަރު ވިދާޅުވީ ޕެންޝަން އޮފީހުން ފިނޭންސް މިނިސްޓްރީގެ 2.5 ބިލިއަން ރުފިޔާގެ ބޮންޑުގައި އިންވެސްޓްކުރުމަށް އެމްއެމްއޭ އިން ފައިސާ ހޯދުމުން މާކެޓުގައި އިތުރުވާ ފައިސާގެ ސަބަބުން އުފެދޭ ޕްރެޝަރު ހިފެހެއްޓޭނެ ކަމަށެވެ.

އަދި މިފަދަ ޕްރެޝަރުތައް ހިފެހެއްޓުމަށް މަނިޓަރީ ޕޮލިސީތަކަށް ބަދަލު ގެނެސްގެންވެސް މަސައްކަތް ކުރާނެ ކަމަށް މުނައްވަރުގެ ޖަވާބުގައި ފާހަގަކުރެއްވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މުނައްވަރު ދެއްކެވި ވާހަކަފުޅުން ޔަޤީންވީ އެއް ކަމެއް ވެއެވެ. އެއީ އެމްއެމްއޭން 2.4 ބިލިއަން ރުފިޔާ ހޯދައިގެން ސަރުކާރުގެ ޓީ-ބޮންޑެއްގައި ޕެންޝަން އޮފީހުން އިންވެސްޓްކުރުމުން ބާޒާރުގައި ނެތް ފައިސާ އެއް އެމްއެމްއޭގެ ތެރެއިން ނުކުންނާނެކަމެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރު ކުރާނެ ކަމެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0