ޚަބަރު

މިއަދުން ފެށިގެން ރާއްޖޭގައި މަސްތުވާތަކެތި ވިއްކާކަށް ފުރުސަތެއް ނުދޭނަން: އިހުސާން

13 ނޮވެންބަރު 2025 - 15:02
މިއަދުން ފެށިގެން ރާއްޖޭގައި މަސްތުވާތަކެތި ވިއްކާކަށް ފުރުސަތެއް ނުދޭނަން: އިހުސާން
ފޮޓޯ: ޕީއެސްއެމް

މިއަދުން ފެށިގެން ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

މިއަދު މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގަމުން ގެންދާ ޚާއްސަ އޮޕަރޭޝަނާއި ބެހޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އިހުސާން ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާއިމެދު ރައްޖޭގައި އެޅެން ހުރި އެންމެ ވަރުގަދަ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް ރާއްޖޭގައި އުޅެން އުނދަގޫ ކުރާނެ ކަމުގައި އިހުސާނު ވިދާޅުވިއެވެ.

"މިފަދަ ކަންކަމުގަ އިންވޯލްވެގެން މިއުޅޭ، ޑްރަގްސް ވިއްކުމުގަ މިއުޅޭ މީހުނަށްވެސް އެއްޗެއް ދަންނަވާލަން. ތިބޭފުޅުން މިހާތަނަށް ތިކުރައްވަމުން ގެނައި ކަންތައްތައް ދެން ހުއްޓާލަން ޖެހޭނީ ރާއްޖޭގަ. މިއަދަށް ފަހުގަ މިހާ ހިސާބުން ފެށިގެން އަޅުގަނޑުމެން ރާއްޖޭގަ މި ފުރުސަތެއް ނުދޭނަން. ރާއްޖޭގައަ އެޅެން ހުރި އެންމެ ވަރުގަދަ ފިޔަވަޅު އަޅުގަނޑުމެން އަޅާނަން ޑުރަގުގެ ކަންތައްތަކުގައި މިއުޅޭ މީހުންނާއި ދެކޮޅަށް.. އެދޭ އެދުމަކީ މިކަމުގައި އުޅޭ ކުދިންވެސް އެހެން ކަމަކާއިގެން އުޅެން ފަށަން. ދިވެހިރާއްޖޭގައި އަޅުގަނޑުމެން އެމީހުނަށް އުޅެން އުނދަގޫކުރާނަން." ޑުރަގު ވިޔަފާރިއާއި ދެކޮޅަށް ހަނގުރާމަ އިޢުލާންކުރައްވަމުން އިހުސާން ވިދާޅުވިއެވެ.

އިހުސާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި އޮޕަރޭޝަނަކީ އަދި ފެށުން ކަމަށާއި ހުއްޓާލާނީ ޑުރަގު ވިޔަފާރީގައި އުޅޭ މީހުން އެކަން ހުއްޓާލުމުން ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0