ޚަބަރު

އައްޑޫގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވުން: އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ

13 ނޮވެންބަރު 2025 - 10:02
އައްޑޫގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވުން: އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ

ރޭ އިރާކޮޅު އައްޑޫ ހިތަދޫ މަގެއް މަތީ ދުއްވާފައި ދަނިކޮށް ކާރެއްގައި ރޯވި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް  ނުވާކަމުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން މަޢުލޫމާތު ދީފިއެވެ.

އައްޑޫސިޓީ ހިތަދޫ ބީއެމްއެލް ކައިރިން ރޭ 10:45 ހާއިރު ދުއްވާފައި ދަނިކޮށް ކާރުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ހޮންޑާ ބްރޭންޑުގެ މި ކާރު ދުއްވާފައި ދިޔައީ ރަށުން ފުރުވާލުމަށް ބޯޓަކަށް އެރުވުމަށެވެ.

ސޯޝަލްމީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯތަކުން ފެންނަ ގޮތުން މި ކާރުގައި ވަރަށް ބޮޑަށް އަލިފާން ރޯވިއެވެ. މި އަލިފާން ނިއްވާފައިވަނީ އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑުގެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނެވެ. ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 23:15 ހާއިރުއެވެ.

މި ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުގައި ކާރުތަކުގައި އަލިފާން ރޯވާ ހާދިސާތައް ވަނީ އިތުރުވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0