ސިޔާސީ , ޚަބަރު

މާލޭގެ މޭޔަރުކަމަށް ރައީސް ނަޝީދުގެ ތާއީދު އަލީ އާޒިމަށް

10 ނޮވެންބަރު 2025 - 17:09
މާލޭގެ މޭޔަރުކަމަށް ރައީސް ނަޝީދުގެ ތާއީދު އަލީ އާޒިމަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމަށް އަލީ އާޒިމަށް ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.

ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަލީ އާޒިމުގެ ފޮޓޯއެއް ހިއްސާކުރައްވަމުން ނަޝީދު ވިދާޅުވީ "އަލީ އާޒިމް، މާލެ ސިޓީގެ މޭޔަރު ކަމަށް" މިފަދައިންނެވެ.

ނަޝީދު އަލީ އާޒިމުއަށް ތާއީދުކުރާކަން ހާމަކުރެއްވުމުން އަނެއްކާވެސް ރައީސް ނަޝީދުއާއި ރައީސް އިބޫގެ ވާދަވެރިކަން ފެނިގެން ދިއުން ގާތްކަމަށް ބެލެވެއެވެ. އެމްޑީޕީގެ ޓިކެޓުގައި މޭޔަރުކަމަށް ވާދަކުރައްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އަނެއް ކެނޑިޑޭޓު ކަމަށްވާ އާދަމް އާޒިމް އަކީ ރައީސް އިބޫއާއި ވަރަށް ގާތް ބޭފުޅެކެވެ.

ރައީސް އިބޫ އަދި މިހާތަނަށް ވަކި ކެނޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކުރައްވާފައި ނުވިނަމަވެސް ރައީސް އިބޫގެ ޓީމުގެ ބައެއް ބޭފުޅުން އާދަމް އާޒިމްއަށް ރައީސް އިބޫގެ ތާއީދު އޮތްކަން ދަނީ ހާމަކުރައްވަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0