ސިޔާސީ

އަންނަ އަހަރު ބަޖެޓު ހަދާފައި އޮތީ ލޯކަލް ކައުންސިލް އިންތިހާބަށް ވަޒީފާ ދޭން: އަމީރު

6 ނޮވެންބަރު 2025 - 12:44
އަންނަ އަހަރު ބަޖެޓު ހަދާފައި އޮތީ ލޯކަލް ކައުންސިލް އިންތިހާބަށް ވަޒީފާ ދޭން: އަމީރު

އަންނަ އަހަރުގެ ބަޖެޓު ހަދާފައި އޮތީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ވަރަށް ގިނަ މީހުންނަށް ވަޒީފާ ދޭން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަދި އެމްޑީޕީގެ އިގްތިސާދީ ކޮމިޓީގެ މުގައްރިރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު އެމްޑީޕީގެ އިގްތިސޯދީ ކޮމިޓީއިން އެ ޕާޓީގެ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުން ފެންނަނީ މުވައްޒަފުންގެ އަދަދު 46000 އިން 54000 އަށް މުއަދަދު އިތުރުވާކަން ކަމަށާއި މިއީ ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ސަރުކާރުން ބޭނުންވާގޮތަށް މުވައްޒަފުން ނެގޭނެ ގޮތް ހަދާފައި ކަމަށެވެ. 

އަމީރު ފާހަގަކުރި ގޮތުގައި އެމްޑީޕީގެ ވެރިކަން ނިމުނު އިރު ސަރުކާރުގެ މުވައްޒަފުންގެ ގޮތުގައި ތިބީ ގާތްގަނޑަކަށް 42000 މުވައްޒަފުންކަމަށާއި އެއީ އެމްޑީޕީ ސަރުކާރު ފެށި އިރުވެސް މުވައްޒަފުން ތިބި އަދަދު ކަމަށެވެ.

އަމީރު ވަނީ އެމްޑީޕީ ސަރުކާރުން ފެށި ޕޭ ހާމަނައިޒޭޝަން މި ސަރުކާރުން ކުރިޔަށް ގެންދާތީ މި ސަރުކާރަށް މަރުހަބާކިޔާފަ އެވެ. 

އިގްތިސާދީ ގޮތުން ދަތި ދަނޑިވަޅެއްގައި މުވައްޒަފުން މިވަރަށް އިތުރު ކުރުމަކީ މުސާރަ ދިނުމާއި ކޭޝްފްލޯ މެނޭޖްކުރުމަށް ދަތިވާނެ ކަމެއް ކަން ފާހަގަކޮށް. އަމީރު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0