ޚަބަރު

މިޔަރުގެ މަސްވެރިކަން ހުއްދަކުރުމާ ދެކޮޅަށް ގަރާރެއް

4 ނޮވެންބަރު 2025 - 11:04
މިޔަރުގެ މަސްވެރިކަން ހުއްދަކުރުމާ ދެކޮޅަށް ގަރާރެއް

މިޔަރުގެ މަސްވެރިކަން ހުއްދަ ދިނުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެންބަރު އަހުމަދު އައްބާސް އެވެ. މިއަދުގެ ޖަލްސާގައި ވަނީ ގަރާރުގެ ފުރަތަމަ ކިޔުން އިއްވައިފަ އެވެ. 

މިޔަރު އާއިލާގެ ހުރިހާ ބާވަތަކީ ލަހުން ބޮޑުވާ، ލަހުން ދަރިމައިވާ އަދި ވިހާ ފަހަރަކު މަދު އަދަދެއް ވިހާ ބާވަތްތަކެއް ބާވަތްތަކެއް ކަމަށާއި ކަނޑުގެ ނިޒާމުގައި މިޔަރަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ މަހަކަށް ވެފައި، ކަނޑުގެ އެހެން ދިރުންތައް ކޮންޓްރޯލްކޮށް، ކަނޑުގެ ސިއްހަތު ދެމެހެއްޓުމަށް އެހީތެރިވާ 'ކީސްޓޯން ސްޕީޝީޒް' އެއް ކަމަށެވެ. 

މިޔަރުގެ މަސްވެރިކަން ހުޅުވާލުމާއެކު މިޔަރުގެ އާބާދީ ވަރަށް ބޮޑަށް ދަށްވެގެން ދާނެ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.

ދިރޭ މިޔަރަކުން ޓޫރިޒަމްގެ ސިނާއަތަށް ގެނެސްދޭ އިގްތިސާދީ މަންފާ، މިޔަރު މަރާލައިގެން ލިބޭ މަންފާއަށްވުރެ އެތައް ގުނައެއް ބޮޑުކަން ވެސް ފާހަގަކޮށްފައިވެ އެވެ. 

މި ސަރުކަރުން ވަނީ މި ފެށުނު ނޮވެންބަރު މަހުން ފެށިގެން ކަށި މިޔަރުގެ މަސްވެރިކަން ހުޅުވާލައިފަ އެވެ. އެކަން ކޮށްފައިވަނީ ގިނަ ބަޔަކު ފާޅުކުރަމުން ދިޔަ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0