ޚަބަރު

އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލަން މަޖިލީހަށް ބިލެއް ހުށަހަޅައިފި

4 ނޮވެންބަރު 2025 - 08:32
އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލަން މަޖިލީހަށް ބިލެއް ހުށަހަޅައިފި

ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު (ޤާނޫނު ނަންބަރު 1/2013) އުވާލުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފިއެވެ.

ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާ ނުލައި ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވުމަކީ ޤާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށްވެސް ދީފައިވާ ހައްޤެއް ކަމަށާއި މި ޤާނޫނުގެ ސަބަބުން ޤާނޫނު އަސާސީން ދީފައިވާ ހައްޤަށް ހުރަސް އެޅޭ ކަމަށް ފާހަގަކުރައްވަމުން މީކާއިލް ވިދާޅުވީ މި ޤާނޫނނު އުވާލުމަށް ހުށަހެޅުމުގެ މައިގަނޑު ސަބަބަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ބޭނުން އެންމެ ފުރިހަމަ ގޮތެއްގައި ހިފުމުގެ ފުރުސަތު ދައުލަތުން ރައްޔިތުންނަށް ތަނަވަސްކޮށްދިނުން ކަމަށެވެ.

މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0