ހިޔާ ޓަވަރަކުން ވެއްޓި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
މިއަދު ހެނދުނު ހިޔާ ޓަވަރަކުން ވެއްޓި ދިވެހި ފިރިހެން މީހަކު ނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ޓަވަރުން ވެއްޓިފައިވަނީ 33 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން މަޢުލޫމާތުދެއްވާ ގޮތުގައި މިއަދު ހެނދުނު 8:30 ހާއިރު ހިޔާ ޓަވަރު 8 އިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަަަށެެވެ. އެމީހާ ވެއްޓިފައިވަނީ އެ ޓަވަރުގެ 14 ވަނަ ބުރިންނެވެ.
ފުލުހުން އިތުރަށް އިތުރަށް މަޢުލޫމާތުދެއްވި ގޮތުގައި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލުމާތު ދީފައި ވެއެވެ.






ރިއެކްޓް