ޖޭއެސްސީގެ ރައީސްކަމަށް ހުސްނީ މުބާރިކު އައްޔަނުކޮށްފި
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު އައްޔަނުކުރުމަށް އެ ކޮމިޝަނުން މިއަދު ނިންމައިފިއެވެ.
ޖޭއެސްސީން މަޢުލޫމާތު ދެއްވި ގޮތުގައި މިއަދު ބޭއްވުނު އެ ކޮމިޝަނުގެ މިއަހަރުގެ 40 ވަނަ ޖަލްސާގައި ބައިވެރިވި މެންބަރުންގެ ތެރޭގައި ނެގުނު ވޯޓުން އެ މަޤާމަށް، މި ކޮމިޝަނުގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާ މެންބަރު، އަލްއުސްތާޛު ޙުސްނީ މުބާރިކް ޢައްޔަންކުރުމަށްވަނީ ނިންމަވާފައެވެ.
ޖޭއެސްސީގެ މެންބަރު ކަމަށް ހުސްނީ އައްޔަންކުރަން މަޖިލީހުން ފާސްކުރީ މިދިޔަ ހޯމަ ދުވަހު އެވެ. މަޖިލީހުގެ ނިންމެވުމާއި އެއްގޮތަށް އެ ކޮމިޝަނުގެ މެންބަރުކަމަށް ހުސްނީ މުބާރަކު އައްޔަންކުރެވުނީ މިއަދުއެވެ. ހުސްނީ ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރުމަށް މިއަދު ރައީސް އޮފީހުގައި ޚާޢްސަ ރަސްމިއްޔާތެއް ބޭއްވުނެވެ.
ޖޭއެސްސީގެ ރައީސްކަން ކުރިން ކުރައްވަމުން ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް އެވެ. ރިޒާ މި މަޤާމުން އިސްތިއުފާ ދެއްވީ މިދިޔަ އާދީއްތަ ދުވަހުއެވެ.






ރިއެކްޓް