ޚަބަރު

އެޗްއާރްސީއެމަށް ރަމީލާ އައްޔަންކުރަން ރުހުން ދީފި

29 އޮކްޓޫބަރު 2025 - 11:38
އެޗްއާރްސީއެމަށް ރަމީލާ އައްޔަންކުރަން ރުހުން ދީފި

އެޗްއާރްސީއެމްގެ ހުސްވެފައިވާ ގޮނޑިއަށް ކުރީގެ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި އެވެ. 

ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ އެނިމަލް ވެލްފެއާ މިނިސްޓަރެވެ. ރަމީލާ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ގެންދާތީ މަސައްކަތަށް ވަގުތު ނުދެވޭތީ އެވެ. އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރުގައި ދުވަސްތައް ހޭދަކުރައްވައިފަ އެވެ. 

މަޖިލީހުން މިއަދު ވަނީ ރަމީލާ އެޗްއާރްސީއެމަށް އައްޔަން ކުރަން ރުހުން ދީފަ އެވެ. 

އެޗްއާރްސީއެމުން ގޮނޑިއެއް ހުސްވަނީ އެޗްއާރްސީއެމްގެ ރައީސްކަމުގައި ހުންނެވި މަރްޔަމް މުނާގެ މެންބަރުކަމުގެ ދައުރު ނޮވެންބަރު 30 އަށް ހަމަވާތީ އެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0