ވަކި ކައުންސިލްތައް އުފެއްދުމަށް ނިންމުމުގެ އުފަލުގައި ހުޅުދޫ އާއި މީދޫގައި ހަވާއަރުވަނީ
އައްޑޫ ސިޓީ ކައުންސިލާއި ވަކިން ރަށު ކައުންސިލްތައް އުފެއްދުމަށް ރައްޔިތުންނަށް ފެނޭތޯ ބެލުމަށް އިއްޔެ އައްޑޫ ސިޓީގެ ހުޅުދޫ މީދޫގައި ނެގުނު ވޯޓުން ވަކި ކައުންސިލްތަކެއް އުފެއްދުމަށް އެ ދެރަށުގެ ރައްޔިތުން ނިންމުމުން އެކަމުގެ އުފަލުގައި އެދެރަށުގައި މިރޭ ހަވާ އަރުވަން ނިންމައިފިއެވެ.
އިއްޔެ ވޯޓު ނަގާފައިވަނީ ހުޅުދު, މީދޫ ގެ އިތުރުން ފޭދޫގައެވެ. ފޭދޫ ރައްޔިތުން ނިންމީ އެރަުގައި ވަކި ކައުންސިލެއް ޤާއިމުނުކުރުމަށެވެ.
މަޢުލޫމާތުލިބޭ ގޮތުގައި ހަވާއެރުވުން އޮންނަނީ ހުޅުމީދޫގެ ބަނދަރު ސަރަހައްދުގައި މިރޭ 9:00 ގައެވެ.
އިއްޔެގެ ވޯޓުގައި އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ ފޭދޫގެ ނަތީޖާއެވެ. ފޭދޫއަށް ނިސްބަޔްވެވަޑައިގަންނަވާ ހޯމް މިނިސްޓަރ އިހުސާން އަދި އޭނާގެ ބައްޕާފުޅު, ފޭދޫ ދާއިރާގެ މެންބަރު ވަނީ ވަކި ކައުންސިލެއް ޤާއިމުކުރުމަށް ތާއީދުކޮށް ފުޅާދާއިރާއެއްގައި ކެންޕޭންކޮށްފައެވެ. ނަމަވެސް ސިޓީކައުންސިލުގައި ހިމެނޭ އެހެން ރަށްތަކާއި އެއްފަސްގަނޑެއްގައި އޮންނަ ފޭދޫގެ ރައްޔިތުން ބޭނުންވީ ސިޓީ ކައުންސިލާއި ވަކިވެނުގަނެ ކުރިންވެސް އޮތް ގޮތަށް އޮތުމަށެވެ.






ރިއެކްޓް