ޚަބަރު

ހިތަދޫ ގެއެއްގެ ތެރޭގައި ދެމަފިރިއަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

22 އޮކްޓޫބަރު 2025 - 17:20
ހިތަދޫ ގެއެއްގެ ތެރޭގައި ދެމަފިރިއަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

އައްޑޫ ސިޓީ ހިތަދޫގެ ގެއެއްގެ ތެރޭގައި ދެމަފިރިއަކު ނިޔާވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މައުލޫމާތު ދެމުން، އެ ގެއެއްގައި ދެމީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ބުނެފައެވެ.

ނިޔާވެފައި އޮތް ދެމަފިރިން ދިރިއުޅެމުން ގެންދިޔައީ އެ ގޭގައި ކަމަށް މައުލޫމާތު ލިބިފައިވާ އިރު، އެ ދެމަފިރިން ނިޔާވެފައިވާ ކަން ވަނީ އާއިލާއިން އަދި ފުލުހުން ވެސް ކަށަވަރުކޮށްދީފައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި ޓޫރިޒަމް ސަރަހައްދާ ކައިރީގައި ހުންނަ މި ގެއަކީ އަލަށް ހަދަމުންދާ ގެއެކެވެ.

މި ހާދިސާއާ ގުޅިގެން ނިޔާވި ދެމަފިރިންގެ ހަށިގަނޑު ވަނީ މިހާރު ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން އާންމު ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0