އޭޝިއަން ޔޫތު ގޭމްސް 2025: ހޭންޑްބޯޅަ ދެވަނަ މެޗުގައި ބަހްރެއިނުން ވެސް ރާއްޖޭ މައްޗަށް ކުރި ހޯދައިފި
ބަހްރެއިންހެ މަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގެ ފިރިހެން ހޭންޑްބޯޅަ އިވެންޓްގައި ރާއްޖޭގެ ފިރިހެން ޓީމުން ކުޅުނު ދެވަނަ މެޗުން މުބާރާތް ބާއްވާ ގައުމު ބަހްރެއިނުން ރާއްޖެ މައްޗަށް ކުރި ހޯދައިފި އެވެ.
އިއްޔެ ބަހްރެއިންގެ އުއްމު އަލްހައްސާމް އެރީނާގައި ކުޅުނު މެޗުގައި ބަހްރެއިނުން ރާއްޖެ މައްޗަށް ކުރި ހޯދީ 74-13 އިންނެވެ. ބަހްރެއިނަކީވެސް މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމެވެ.
މިއަދު މެޗުގައި ރާއްޖޭގެ ޓީމުން ކުރީ މެޗަށްވުރެ ރަނގަޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް އުފެއްދި އެވެ. ދެވަނަ ހާފުގައި ގިނަ އެޓޭކުތަށް ފެނިގެންދިޔަ އިރު ރާއްޖޭގެ ކެޕްޓަބް ލަހުފާން ޝަހީމް ވަނީ 8 ގޯލު ޖަހާފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ގޯލުތަށް ޖަހާފައިވަނީ އާއިލް މަޖީދާއި އިސްމާއީލްގެ އިތުރުން ޔޫސުފް މުސްތަފާ އަދި މުހައްމަދު ޔޫނުސް އެވެ. އޭގެ އިތުރުން ރާއްޖޭގެ ކީޕަރުން ކަމަށްވާ މުހައްމަދު އަހުމަދާއި ނަބީލް އަހުމަދު ވަނީ އެކުގައި ގާތްގަނޑަކަށް ރަނގަޅު 20 ވަރަކަށް ސޭވް ކޮށްފަ އެވެ.
ރާއްޖެއަކީ ދެކުނު އޭޝިއާއިން މި ގޭމްސްގެ ފިިރިހެން ހޭންޑްބޯޅަ އިވެންޓުގައި ވާދަކުރާ ހަމައެކަނި ޓީމެވެ. ރާއްޖެ ޓީމު ދެން ނިކުންނާނީ އަންނަ ބުރާސްފަތި ދުވަހު ރާއްޖެ ގަޑިން އިރުއޮއްސި 6:00 ގައި ޖޯޑަންއާ ދެކޮޅަށެވެ.






ރިއެކްޓް