ކުޅިވަރު

ތަޖިކިސްތާނު އަތުން ރާއްޖޭގައި ވެސް ބަލިވެއްޖެ

14 އޮކްޓޫބަރު 2025 - 19:07
ތަޖިކިސްތާނު އަތުން ރާއްޖޭގައި ވެސް ބަލިވެއްޖެ

އޭޝިއަން ކަޕް ކޮލިފައިންގެ ގުރޫޕް ސްޓޭޖުގައި ދިވެހިރާއްޖެއާ ވާދަކޮށް 3-0 އިން މޮޅުވެގެން ތަޖިކިސްތާން އެއްވަނައަށް ޖެހިލައިފި އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މެޗުގެ ތިން ގޯލު ވެސް ތަޖިކިސްތާޏް ޖެހީ ރާއްޖެއަށް ހެދުނު ގޯސްތަކެއްގެ ފައިދާނަގަ އެވެ. ފުރަތަމަ ދެ ގޯލު ފުރަތަމަ ހާފުގައި ޖެހި އިރު، ފުރަތަމަ ގޯލު ޖެހީ ޕެނަލްޓީއަކުން ލިބުނު ފުރުސަތެއްގަ އެވެ. ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ދިފާއު ކުރި ނަމަވެސް ރީބައުންސްގައި ތަޖިކިސްތާޏް ކުޅުންތެރިން ވަނީ ހޯދައި ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.

ދެވަނަ ހާފުގައި ރާއްޖޭގެ ކުރިއަށް ގެނައި ބަދަލުތަކާ އެކު އެޓޭކްތައް ވަރުގަދަވި އެވެ. އަލީ ފާސިރު (ސެންޓޭ) އާއި މުހައްމަދު ނާއިމް އަދި އަހުމަދު ރިޒްވާނާއި މުހައްމަދު އިލާން އިމްރާން އަރައި ވަނީ ތަޖިކިސްތާޏްގެ ގޯލަށް ވެސް ނުރައްކާ ކޮށްފަ އެވެ.

މީގެ އިތުރުން މިޑްފީލްޑަރު އަހުމަދު އައިހަމް (ފަތޯ) ވެސް ވަނީ ނުރައްކާތެރި ދެ ހަމަލާއެއް  ފޮނުވާލައިފަ އެވެ. ނަމަވެސް ތަޖިކިސްތާންގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލާފައި ވަދެ ފޮނުވާލި ބޯޅަ އާއި ދެވަނަ ހާފުގައި ލިބުނު ހުސް ފުރުސަތުގައި ވެސް ބޯޅަ ގޯލާ އަމާޒުކޮށެއް ނުލެވުނެވެ.

މިއާ އެކު ރާއްޖެ ވަނީ ކޮލިފައިންގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފަ އެވެ. ބާކީ އޮންނާނީ ދެ މެޗެވެ. އެއީ ނޮވެމްބަރު މަހު ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ މާޗު މަހު ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0