ޚަބަރު

ބަންކަރިންގ ޚިދުމަތުން ލިބޭނެކަމަށް އަންދާޒާކުރި ޢާމްދަނީގެ ބައިކުޅަބައިވެސް ނުލިބޭ

14 އޮކްޓޫބަރު 2025 - 09:50
ބަންކަރިންގ ޚިދުމަތުން ލިބޭނެކަމަށް އަންދާޒާކުރި ޢާމްދަނީގެ ބައިކުޅަބައިވެސް ނުލިބޭ

މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި އިފްތިތާހު ކުރެވުނު ބަންކަރިންގ ޚިދުމަތުން ލިބޭނެ ކަމަށް އަންދާޒާކުރި ޢާމްދަނީގެ ބައިކުޅަބައިވެސް ނުލިބޭކަން ހާމަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަންކަރިންގ އާއި ބެހޭ ގޮތުން ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަަދު ސަޢީދު ހިއްސާކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު, ބަންކަރިންގ ޚިދުމަތުން މިހާތަނަށް ލިބިފައިވަނީ ޖުމްލަ 192,149,939ރ އެވެ. މިއީ އަހަރެއްގެ މައްޗަށް ލިބޭނެ ކަމަށް އަންދާޒާާ ކުރި 400 މިލިއަން ރުފިޔާގެ ދެބައިކުޅަ އެއްބަޔަށް ވުރެވެސް ކުޑަ އަދަދެއްގެ ޢާމްދަނީއެކެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި ބަންކަރިންގ ޚިދުމަތާއި ގުޅިގެން ދައުލަތަށް ޓެކްސް ގެ ގޮތުގައި ޖުމްލަ 17360589.10ރ ލިބިފައިވެއެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ވަރަށް އަވަހަށް "އޮޕަރޭޝަނަލައިޒް" ކުރެވިގެން ދާނެ ކަމަށް އަލުން އަނެއްކާވެސް ވިދާޅުވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0