ސިޔާސީ

ބިރުދައްކާ, ކުޑަގޮޅިއަށް ލިޔަސް މި ވެރިކަން ބަދަލުކުރާނެ: ފައްޔާޒް

13 އޮކްޓޫބަރު 2025 - 12:23
ބިރުދައްކާ, ކުޑަގޮޅިއަށް ލިޔަސް މި ވެރިކަން ބަދަލުކުރާނެ: ފައްޔާޒް

ސަރުކާރާ ދެކޮޅަށް އަޑު އުފުލާތީ އަސާސެއް ނެތް މައްސަލަތައް އުފައްދައިގެން ކުޑަގޮޅިއަށް ލިޔަސް, މި ވެރިކަން ބަދަލު ކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ. 

ކުރީ ސަރުކާރުގައި ސްވިފްޓް ކުންފުންޏަށް ބަދަލު ދިނުމުގައި ހިޔާނާތް އޮތް ކަމަށް ތުހުމަތުކޮށް ފައްޔާޒް މިއަދު ވަނީ އޭސީސީއަށް ހާޒިރުކޮށްފަ އެވެ. 

އޭސީސީން ނިކުމެވަޑައިގެން ފައްޔާޒް ވިދާޅުވީ އޭސީސީގެ މައްސަލާގައި އެއްވެސް ބުރަދަނެއް އަދި އަސާސެއް ވެސް ނެތް ކަމަށެވެ. މައްސަލާގެ ލިޔެކިޔުންތައް ވެސް ހަމަނުވާއިރު. މަޖުބޫރީ ހާލަތުގައި ތިބި ކަން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެނގޭ ވަކި ބޭފުޅަކު އަންގައިގެން އެ ބޭފުޅުންނަށް މަޖުބޫރުވެގެން ކުރާ ތަހުގީގެއް ކަން ވެސް. ވާހަކަ ހުރިގޮތުންނާއި އަމަލުން އެނގޭ ތިބީ ލަދުން ކަން," ފައްޔާޒް ވިދާޅުވި އެވެ. 

އޭނާ ވަނީ މި ސަރުކާރު ބަދަލުކޮށް އިންގިލާބެއް ގެނައުމަށް އެމްޑީޕީގެ މެންބަރުންނަށް ގޮވާލައްވައިފަ އެވެ. 

ފައްޔާޒް ވިދާޅުވީ ބިރު ދައްކައިގެން އޭނާ ކުޑަގޮޅިއަށް ލީ ކަމުގައި ވިޔަސް, އެމްޑީޕީގެ މެންބަރުން ވެރިކަން ބަދަލު ކުރަން ނިކުންނާނެ ކަމަށާއި އެކަން ކުރާނެ ކަމަށެވެ. ހުރިހާ ރައްޔިތުން ވެސް އަންނަ ނޮވެންބަރު 17 ގައި ބާއްވާ އެއްވުމުގައި ބައިވެރިވުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0