ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރަމުން ގެންދިޔަ 6 ބިދޭސީއަކު ހައްޔަރުކޮށްފި
މާލޭގެ ޝާރިޢުވަރުދީ މަގުގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުން ގެންދިޔަ 6 ބިދޭސީއަކު އިއްޔެ ހައްޔަރުކޮށްފިއެވެ.
މި 6 ބިދޭސީން ހައްޔަރުކޮށްފައިވަނީ ޓާސްކްފޯސްއިން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައެވެ.
ޓާސްކްފޯސްއިން މަޢުލޫމާތު ދިން ގޮތުގައި، މި އޮޕަރޭޝަންގައި ޖުމްލަ 44 ބިދޭސީއެއް ބަލައި ފާސްކުރެވުނެވެ. އަދި އޭގެ ތެރެއިން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުން ދިޔަކަމަށް ތުހުމަތުކުރެވޭ 6 ބިދޭސީއަކު ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފާއިތުވި އަހަރުތަކުގައިވެސް މާލޭގެ މަގުތަކުގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަ ވަނީ އިތުރުވެފައެވެ. މިކަމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ގަވާއިދުން އޮޕަރޭޝަންތައް ކުރިއަށް ގެންދެއެވެ.
ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންނާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށްފަހު އެމީހުން އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލެވޭނެ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދެއެވެ. އަދި މިފަދަ ޙަރަކާތްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވޭނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.






ރިއެކްޓް