ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް މާލޭ ސިޓީ ކައުންސިލަރުން ޓްރެއިނިންގ އަކަށް އޮސްޓްރޭލިއާއަށް
ކުރު ޓްރެއިންނިންގ އަކަށް ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލުގެ މެންބަރުން އޮސްޓްރޭލިއާއަށް ދިއުމަށް ތައްޔާރުވާން ފަށައިފިއެވެ.
ދައުރު ނިމެން 5 ވަރަކަށް މަހަށް ވެފައިވާ މާލޭ ސިޓީ ކައުންސިލުގެ މެންބަރުން އޮސްޓްރޭލިއާއަށް ޓްރެއިނިންގ އަކަށް ދިއުމަށް ތައްޔާރުވަމުންދަނީ ކައުންސިލުގެ ބަޖެޓުން ޚަރަދުކުރާ ގޮތަށް ކަމަށް މާލޭ ސިޓީ ކައުންސިލުގެ އޮފިޝަލަކު ނަން ހާމަ ނުކުރުމަށް އެދި މަޢުލޫމާތު ދެއްވިއެވެ.
އެ އޮފިޝަލް ވިދާޅުވި ގޮތުގައި މި ދަތުރަށް ކޮންމެ ކައުންސިލަރަކަށް 100,000ރ (އެއް ލައްކަ ރުފިޔާ) ކައުންސިލުގެ ބަޖެޓުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ފައިސާ އަކީ ގަނޑުކޮށް ދޭ ފައިސާ ކަމެއް ނުވަތަ ކޮންމެ ކައުންސިލަރެއްގެ ބޮލަކަށް ކުރާ ޚަރަދެއް ކަމެއް ސާފު ނުވާކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ. އެ އޮފިޝަލް އިތުރަށް ވިދާޅުވީ ކައުންސިލުގެ ބަޖެޓުން މިފަދަ ޓްރެއިނިންގ ތަކަށް ޚަރަދު ކުރެވޭ ގޮތަށް އޮންނަ ކަމަށެވެ.
މި ދަތުރާއި ގުޅިގެން ކައުންސިލް މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވާ ކަމަށާއި ބައެއް ކައުންސިލަރުން މި ދަތުރު ދިއުމާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަމަށްވެސް އެ އޮފިޝަލް ވިދާޅުވިއެވެ. އެ ގޮތުން މުވައްޒަފުންގެ ބަދަލުގައި ކައުންސިލަރުން ޓްރެއިނިންގ އަށް ދިއުމާމެދު ބައެއް ކައުންސިލަރުން ސުވާލު އުފައްދަވާފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
މި މަޢުލޫމާތުތަކާ ގުޅިގެން ރަސްމީ ބަހެއް ހޯދާލުމަށް ކައުންސިލުގެ މީޑިއާ އޮފިޝަލަށް ގުޅުމުން ބުނެފައިވަނީ އެ ފަދަ ދަތުރެއްގެ މަޢުލޫމާތު މީޑިއާ ސެކްޝަނާއި ހިއްސާކޮށްފައި ނުވާ ކަމަށެވެ.
މި މަޢުލޫމާތުތައް ކަށަ






ރިއެކްޓް