ޕީއެންސީގެ ހަރުގެ ޖަލްސާއަށް ހާޒިރުވުމަށް ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރަނީ
މިރޭ ބޭއްވުމަަށް ހަމަޖެހިފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ބޭއްވުމަށް އިޢުލާން ކޮށްފައިވާ ހަރުގެ ޖަލްސާގައި ބައިވެރިވުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އަންގައިފިއެވެ.
"ފިސާރި ފޯރި ގަދަވާނެ" ކަމަށް އެ ޕާޓީން އިޢުލާންކޮށްފައިވާ މިރޭގެ ހަރުގެ ޖަލްސާއަށް ހާޒިރުވުމަށާއި ހާޒިރުވާ ހުރިހާ މުވައްޒަފުންގެ ފޮޓޯއެއް ނަގަން ބޭނުންވާކަމަށް ޕީއެންސީއަށް ނިސްބަތްވާ މާލޭ ދާއިރާއެއްގެ މަޖިލިސް މެންބަރަކު ވަޓްސްއެޕް ގްރޫޕަކަށް ކޮށްފައިވާާ މެސެޖެއްގެ ސްކްރީން ޝޮޓެއް "ވިރާާސީ" އަށް ވަނީ ލިބިފައެވެ.
މިރޭގެ ޖަލްސާއަށް ޚާއްސަ ކޮށްގެން ހަދާފައިވާ މި ވަޓްސްއެޕް ގްރޫޕުގައި 50 އަށް ވުރެ ގިނަ މުވައްޒަފުން އެބަތިބިކަމަށް މި ސްކްރީންޝޮޓް "ވިރާސީ" އަށް ހިއްސާކުރި ފަރާތުން ވަނީ މަޢުލޫމާތު ދީފައެވެ.
އަދި މިފަދަ އިތުރު ވަޓްސްއެޕް ގްރޫޕްތައް ޕީއެންސީގެ މަޖިލިސް މެންބަރުން އިސްވެ ތިބެ ހަދާފައިވާ ކަމަށާއި އެކި ކުންފުނިތަކާއި މިނިސްޓްރީތަކުގައި މަސައްކަތްކުރާ މުވައްޒަފުން މި ގްރޫޕުތަކަށް ބަހާލައިގެން ވައްދާފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
އަންނަ ހުކުރުދުވަހު އެމްޑީޕީން އިންތިޒާމުކުރާ މަގުމަތީ ހަރަކާތުގައި ސަރުކާރު މުވައްޒަފުން ބައިވެރިވުމުގެ ފުރުސަތު އޮތުމުން އެކަމަށް ޕީއެންސީއާއި ސަރުކާރުން ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން އަަންނަ ބުރާސްފަތި ދުވަހުގެ އޮފީސްގަޑި ނިންމުމަށްފަހު އެކި ކުންފުނިތަކުން ވަނީ ހަފްތާ ބަންދަށް މަސް ދަަތުރުތަކާއި ޕިކްނިކް ދަތުރުތައް ފަދަ ކަންތައް އިންތިޒާމުކޮށްފައެވެ.






ރިއެކްޓް