ކުޅިވަރު

ބެޑްމިންޓަން އެސޯސިއޭޝަންގެ ސަސްޕެންޝަން ބީޑަބްލިއުއެފުން ލުއިކޮށްދީފި

26 ސެޕްޓެމްބަރު 2025 - 15:43
ބެޑްމިންޓަން އެސޯސިއޭޝަންގެ ސަސްޕެންޝަން ބީޑަބްލިއުއެފުން ލުއިކޮށްދީފި
ފޮޓޯ: މުހައްމަދު ޝާބިން

ބައިނަލްއަގްވާމީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދީ، ދުނިޔޭގެ ބެޑްމިންޓަން ޖަމިއްޔާ (ބީޑަބްލިއުއެފް) އިން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ސަސްޕެންޝަން ލުއި ކޮށްދީފި އެވެ. 

މައްސަލަ ބޮޑުވެފައި އޮތް ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑް ކުރީ މެއި މަހު 16 ވަނަ ދުވަހު އެވެ. ނަމަވެސް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި ގުޅިގެން މިހާރު އަންނަނީ އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދު އިސްލާހުކޮށް އިންތިހާބު ބޭއްވުމުގެ މަސައްކަތް ކުރަމުންނެވެ. ބީޑަބްލިއުއެފް އިން ސަސްޕެންޝަން ލުއިކޮށްދީފައި ވަނީ މި މަސައްކަތްތަކުގެ ކުރިއެރުމަށް ބަލާފަ އެވެ.

މި އަހަރު ޑިސެމްބަރު މަހު 26 އާއި ހަމަޔަށް ބީޑަބްލިއުއެފް އިން ރާއްޖޭގެ ސަސްޕެންޝަން ލުއި ކޮށްދިނުމުން ރާއްޖޭގެ އެތްލީޓުންނަށް އަންނަ މަހު ބަހުރެއިންގައި އޮންނަ އޭޝިއަން ޔޫތް ގޭމްސްގައި ބައިވެރިވެވޭނެ އެވެ. އަދި ޑިސެމްބަރު 26 ގެ ކުރިން އެސޯސިއޭޝަންގެ އިންތިހާބު ބޭއްވިއްޖެނަމަ ރާއްޖޭގެ ސަސްޕެންޝަން އެއްކޮށް ނަގާނެ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0