ގާސިމަށް އެޑްމިޓކޮށްގެން ފަރުވާ ދެނީ، މިހާރު ހާލުކޮޅު ރަނގަޅު
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އިންދިރާ ގާންސީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އެބަދެ އެވެ.
ރޭ އަމިއްލަފުޅު ރިސޯޓުގައި ހުންނަވަނިކޮށް އޮކްސިޖަން ލެވެލް ދަށްވެ ލޯންޗުގައި މާލެ ގެނެސް ފަރުވާދެމުންދާ އިރު މިހާރު ހާލުކޮޅު ރަނގަޅުކަމަށް މައުލޫމާތު ލިބެ އެވެ. "ޕްރެޝާ މައްޗައް ގޮސްދާނެކަމަށް ބަލާފައި ފްލައިޓުގައިވެސް ނުގެނައީ. އިރާދަކުރެއްވިއްޔާ މިހާރު ހާލުކޮޅު ރަނގަޅު." ނަން ހާމަ ނުކުރުމަށް އެދި ވިރާސީއަށް މައުލޫމާތުދިން ގާސިމްގެ ގާތް މީހަކު ބުނި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ދާދި ފަހުނ ސަރުކާރުންދޭ އެންމެ މަތީ ޝަރަފު، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާގެ ލަގަބުވެސް ލިބުނު ގާސިމް މީގެ ކުރިންވެސް ހާލުކޮޅު ދެރަވެ ފަރުވާ ހޯދާފައިވެ އެވެ.






ރިއެކްޓް