އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ކާރުން ޖެހުމުން ފިލި މީހަކު ހައްޔަރުކޮށްފި
ޒިބްރާ ކްރޮސް މަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖެހުމުން ވެސް މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ. ހުޅުމާލޭ ފޭސް ދޭއް އެމްޕީއެލް ފްލެޓު ސަރަހައްދުގައި ހުރި ޒިބްރާ ކްރޮސްއަކުން މަގު ހުރަސްކުރަނިކޮށް މި އެކްސިޑެންޓް ހިނގާފައިވަނީ އާދިއްތަ ދުވަހުގެ ރޭ 09:30 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓުގައި ކާރުން ޖެހިފައިވަނީ އުމުރުން 63 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާގެ އެއްފައިގެ ކަށިމަތި ބިންދައިގެން ގޮސްފައިވާ ކަމަށެވެ.
އެކްސިޑެންޓުވި ކާރު އޭނާގެ ގައިގައި ޖެހުމާއެކު ވެއްޓުމުން ވެސް, ކާރު މަޑުނުކޮށް އެ ތަނުން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ކާރު ދުއްވަން އިން ޏ. ފުވައްމުލައް / ދަޑިމަގު. ނައިސް، ހާލިދު އަބްދުﷲ ޢަލީ (57އ) ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ދެނެގަނެފައިވަނީ އެކްސިޑެންޓު ހިނގި ސީސީޓީވީ ފޫޓޭޖުތައް ބަލައި ކާރު ދެނެގަނެގެންނެވެ.






ރިއެކްޓް