އ.ދ އާންމު މަޖިލީހަށް ވަންނަ ފާސް ނަޝީދަށް ދޭން ސަރުކާރުން ދެކޮޅު ހަދައިފި
އ.ދ. ގެ އާންމު މަޖިލީހަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިވެހި ސަރުކާރުގެ ރަސްމީ ފާސް ހޯދައިދޭން ސަރުކާރުން ދެކޮޅު ހަދައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ, ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ނަޝީދު އ.ދ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް މިވަގުތު ހުންނެވީ ނިއުޔޯކްގައި ކަމަށެވެ.
ހުންނެވި މަގާމުގެ ގޮތުން ދިވެހި ސަރުކާރުގެ ރަސްމީ ފާހެއް ނުވަތަ ސަރުކާރުގެ ހުއްދައެެއް ނެތި ވެސް ނަޝީދަށް އާންމު މަޖިލީހުގައި ބައިވެރިވުމުގެ ފުރުސަތު އޮވެ އެވެ. އެކަމަށް ބޭނުންވާ ފާހާއި ޕްރޮޓޮކޯލްގެ ކަންކަން ވެސް މިހާރު ހަމަޖެހިފައިވާ ކަމަށް ނަޝީދުގެ އޮފީހުން ބުންޏެވެ.
އެހެންނަމަވެސް ދައުލަތާއި ސަރުކާރުގެ ވެރިކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައި ތިއްބާވާ ބޭބޭފުޅުން، އެ ބޭފުޅަކު ނިސްބަތްވެވަޑައިގަންނަވާ ގައުމެއްގެ ފުށުން ހައިސިއްޔަތުން ލިބިވަޑައިގަތުމަކީ އާދަކަމަށް ވާއިރު, ދައުލަތުގެ ނިޝާން ޖެހި ފާހުގައި ތަމްސީލް ކުރައްވަން ނަޝީދު އެދިވަޑައިގަންނަވާ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.
އެއީ ގައުމަށް އިތުރު ލޯބި ވެސް ލިބޭނެ ކަމަކަށް ވީއިރު ފާސް ހޯދަން އެދުނީ އެ ސަބަބާ ގުޅިގެން ކަމަށް ބުނެފައިވެ އެވެ.






ރިއެކްޓް