ޚަބަރު

ރައީސްގެ ދަތުރާ ދިމާކޮށް ތިން ރަށެއްގެ ހެލްތު ސެންޓަރު އަޅަން ކުނި ކުންފުންޏަށް

ސެޕްޓެމްބަރު 21, 2025 - 16:19
ސެޕްޓެމްބަރު 21, 2025 - 16:30
 0
ރައީސްގެ ދަތުރާ ދިމާކޮށް ތިން ރަށެއްގެ ހެލްތު ސެންޓަރު އަޅަން ކުނި ކުންފުންޏަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ތ. އަތޮޅަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނިކޮށް އެ އަތޮޅުގެ ބައެއް ހެލްތު ސެންޓަރުތައް އަޅަން ދައުލަތުގެ ކުނި މެނޭޖްކުރާ ކުންފުނި, ވެމްކޯއާ ހަވާލުކޮށްފި އެވެ. 

ރައީސް މިހާރު ދަތުރުކުރައްވަމުން ގެންދަވަނީ ވ. މ. ފ. އަދި ތ. އަތޮޅަށެވެ. މިހާރު ފ. އަތޮޅުގައި ހުންނެވިއިރު ދެން ވަޑައިގަންނަވާނީ ތ. އަތޮޅަށެވެ. 

މި ދަތުރުފުޅާ ދިމާކޮށް ހެލްތު މިނިސްޓްރީން މިއަދު ވަނީ އެ އަތޮޅުގެ ތިން ރަށެއްގެ ހެލްތު ސެންޓަރު އަޕްގްރޭޑުކުރުމަށް ވެމްކޯއާ ހަވާލުކޮށްފަ އެވެ. 

ވެމްކޯއާ ހަވާލުކޮށްފައިވަނީ ތ. ގުރައިދޫ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އިމާރާތުގެ މަސައްކަތާއި އެ އަތޮޅު މަޑިފުށި ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތް އަދި ގާދިއްފުށީ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރަން ބޭނުންވާ އިމާރާތް އެޅުމަށެވެ. 

ގުރައިދޫ ހޮސްޕިޓަލު އަޅަން ހަވާލުކުރީ 32.8 މިލިއަން ރުފިޔާ އަދި ދެ ރަށުގެ ހެލްތު ސެންޓަރު އަޅަން ހަވާލުކުރީ 12.8 މިލިއަން ރުފިޔާއަށެވެ.

ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ރައީސް ކުރައްވަމުން ގެންދަވާ ގިނަ ރަސްމީ ދަތުރުފުޅުތރަކުގެ ތެރެއިން ގިނަ އަދަދެއްގެ ޕްރޮޖެކްޓުތައް ދަނީ ސަރުކާރު ކުންފުނިތަކާ ހަވާލުކުރަމުންނެވެ. އެގޮތުން ކުންފުނީގެ މެންޑޭޓުގައި ނުހިމެނޭ ޕްރޮޖެކްޓުތައް ވެސް ދަނީ ހިމަނަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0