ޚަބަރު

ޒަކާތު ހައުސް އިން ބޭސްފަރުވާގެ އެހީއަށް މިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފި

ޖުލައި 10, 2025 - 08:43
ޖުލައި 10, 2025 - 10:18
 0
ޒަކާތު ހައުސް އިން ބޭސްފަރުވާގެ އެހީއަށް މިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފި
ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޖޫން މަހުގެ ތަފާސް ހިސާބު އާއްމުކޮށްފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން އިއްޔެ އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން، 104 ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާ އަށް ޖުމްލަ އެއް މިލިއަން އެއް ލައްކަ އަށްޑިހަ އަށް ރުފިޔާ ހޭދަކޮށްފައިވެއެވެ.

މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ޓްރާންސްޕްލާންޓަށެވެ. އެއީ 796,443.00 ރުފިޔާއެވެ. އޭގެ އިތުރުން، ކެންސަރު ބައްޔަށް 245,949.00 ރުފިޔާ، ސިކުނޑީގެ ބަލިތަކަށް 46,645.50 ރުފިޔާ އަދި އެހެނިހެން ބަލިތަކަށް 592,984.50 ހޭދަކޮށްފައިވެއެވެ. 

އިތުރު ބައިތަކަށް ބަލާއިރު، މުދަލު ޒަކާތުގެ ގޮތުގައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޖުމްލަ 14,255,000.00 ހަރަދުކުރެވިފައިވެއެވެ. އަދި ޒަރޫރީ ބައިގެ ތެރެއިން ޚާއްޞަ ޙާލަތްތައް މެދުވެރިވެގެން ޙާލުގައި ޖެހޭ ފަރާތްތަކަށް 12,000.00 ރުފިޔާ ދޫކޮށްފައިވެއެވެ. 

އަދި ފީސަބީލިއްލާހި ބައިން ޤުުރްއާން ހިތުދަސް ކުރުމާއި ޤުރްއާންގެ ޢިލްމު ފެތުރުމަށް 568,260.92 ރުފިޔާ ހޭދަކޮށްފައިވާއިރު ދީނީ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް 318,643.50 ރުފިޔާ އަދި މަތީ ތަޢުލީމު ފުރިހަމަކުރުމަށް 60,488.76 ރުފިޔާ ހޭދަކޮށްފައިވެއެވެ. 

ޖޫން މަހު ކުރެވިފައިވާ ޚަރަދުތަކުގެ ތެރޭގައި ކުރީގެ މަސްތަކުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކުގެ ޚަރަދުތައްވެސް ހިމެނިފައިވާނެ ކަމަށް ޒަކާތު ހައުސް އިން މައުލާމާތު ދީފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0