ޚަބަރު

ޓޫ އޮފް އަސް": ވިޒިޓް މޯލްޑިވްސްގެ ފުރަތަމަ ދިވެހި އެމްބެސެޑަރުން"

މިއީ އެމްއެމްޕީއާރްސީ އިން އަލަށް ފެށި ލޯކަލް އެމްބެސެޑާޝިޕް ޕްރޮގްރާމެއް

ޖުލައި 7, 2025 - 15:34
ޖުލައި 7, 2025 - 16:41
 0
ޓޫ އޮފް އަސް": ވިޒިޓް މޯލްޑިވްސްގެ ފުރަތަމަ ދިވެހި އެމްބެސެޑަރުން"
 ވިޒިޓް މޯލްޑިވްސްގެ ލޯކަލް އެމްބެސެޑާޝިޕްކަން ޓޫ އޮފް އަސް އާއި ހަވާލުކުރަނީ ---- ފޮޓޯ: އެމްއެމްޕީއާރްސީ

ވިޒިޓް މޯލްޑިވްސްގެ ފުރަތަމަ ދިވެހި އެމްބެސަޑަރުންނަށް، އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓަލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"ގައި މި އަހަރު ވާދަކޮށް، ތިންވަނަ ހޯދި ރާއްޖޭގެ ބޭންޑް ޓޫ އޮފް އަސް ހަމަޖައްސައިފިއެވެ. 

އެމްއެމްޕީއާރްސީ ގައި މިއަދު ބޭއްވި ހަފްލާގައި ޓޫ އޮފް އަސް އަށް އެމްބެސެޑަރުކަން ހަވާލުކޮށް ދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީއެވެ. އަދި، ޓޫ އޮފް އަސް ގެ ފަރާތުން އެމްބެސެޑަރުކަމާއި ހަވާލުވީ ބޭންޑުގެ ވޯކަލިސްޓެއް ކަމަށްވާ އަދުހަމް މުހައްމަދު އެވެ. 

ޓޫ އޮފް އަސް އިން ވަނީ "ބެޓަލް އޮފް ބޭންޑްސް އިންޓަނޭޝަނަލް" އަށް ފަހު އެނބުރި ރާއްޖެ އައިސް އޮލިމްޕަހުގައި 2 ޝޯވ ބާއްވާފައެވެ. 

އެމްއެމްޕީއާރުސީން "ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑާޝިޕް" ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ސަގާފީ އަދި ފަންނީ ދާއިރާއިން މުއްސަނދި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގުބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުކުރުމަށެވެ.

އެމްއެމްޕީއާރުސީން ވަނީ މި ޕްރޮގްރާމް ގައި ބައިވެރިވާން ބޭނުންވާ މީހުންގެ ވަނަވަރާއި ޕޯޓްފޯލިއޯ އަދި ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން ހުށަހަޅާ ހިޔާލުތައް ހިމެނޭ ޕްރޮޕޯޒަލެއް ތައްޔާރުކޮށް proposals@visitmaldives.com މެއިލް ކުރަން އެދިފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0